ENGLISH

10 ނޮވެމްބަރު 2025

Advertisement

އުތުރުގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި

09 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ހަނިމާދޫ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އިންޑިޔާގެ އެގްޒިމް ބޭންކުގެ އެހީގައި ހދ.ހަނިމާދޫގައި ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

މިރޭ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއަރޕޯޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިޔާގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީކޮށް ހުޅުވުން 

މި މަޝްރޫއަކީ 136 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ. އެ މަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ އިންޑިޔާގެ އެގްޒިމް ބޭންކުންނެވެ. އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް ތަރައްގީކުރެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީކޮށް ހުޅުވުން 

މި އެއާޕޯޓަކީ ބޮއިންގެ 737 މަރުކާގެ އަދި އޭ320 މަރުކާގެ މަތިންދާ ބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. 

ކިޔުންތެރިންގެ ހިޔާލު