ENGLISH
06 ނޮވެމްބަރު 2025
ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތު
06 ނޮވެމްބަރު 2025
|
ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ސޮއިކުރެއްވުމަށް ނަސަންދުރާ ބާސެލޯސްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ޝަރަފްވެރިކޮށްދެއްވައިފި. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެއްދުވަހެއްގައި އެންމެ ގިނަ މަސައްކަތް އަމިއްލަ ދިވެހި ކުންފުނިތަކާއި ޙަވާލުކުރެއްވި ދުވަސްކަމަށާއި 206 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެކަމަށް. އަމިއްލަ ކުންފުނިތަކާ ޙަވާލުކުރައްވައިގެން މަޝްރޫޢުތައް ކުރިއަށް ގެންދަވަން މިއަދު ސޮއިކުރެއްވި މި ތާރީޚީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ދޭންޖެހޭ ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއް ނެތި، ބަރާބަރަށް ފައިސާ ދައްކަވާނެ ކަމަށް. މީގެތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ސޮއިކުރައްވާފަ. މިއަދު ސޮއިކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަންދެއްވާ ތަރައްޤީގެ ދާއިރާކަމަށްވާ ގެދޮރު ބިނާކުރެއްވުމުގެ ދާއިރާއިން، 13 ރަށެއްގައި 825 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި.