ENGLISH

06 ނޮވެމްބަރު 2025

Advertisement

އައްޑޫ ސިޓީ ކައުންސިލްއާ ރައީސް ބައްދަލުކުރެއްވުން

06 ނޮވެމްބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ސިޓީގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފަ. އެގޮތުން ހުރިހާ ކައުންސިލް މެމްބަރުން ވަނީ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ފާހަގަކުރައްވައި އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފަ. މީގެ އިތުރުން ސިޓީގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ގުޅައި ދިނުމާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި އެ ޚިދުމަތް ދިނުމުގައި މިހާރު ރައްޔިތުންނަށް ދިމާވަމުންދާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ. އެގޮތުން ފޭދޫގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ޓޫރިޒަމް ޒޯނާއި، ހިއްކި ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކަށް ވެސް ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ޤާއިމްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި.

ކިޔުންތެރިންގެ ހިޔާލު