ENGLISH

10 އޭޕްރީލު 2025

Advertisement

މި އަހަރުގެ މިހާތަނަށް އިންޑިއާގެ އެއާލައިންތަކަށް ހާހެއްހާ އިންޒާރު ދީފި

29 ނޮވެމްބަރު 2024

|

ޢަލީ ޝާހީން

އިންޑިއާގެ އެއާލައިންތަކާއި އެއާޕޯޓްތަކަށް ގާތްގަނޑަކަށް 999 އެއްހާ ބޮމުގެ އިންޒާރު މި އަހަރުގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާ ކަމަށް އެ ގައުމުގެ ޑެޕިއުޓީ ސިވިލް އޭވިއޭޝަން މިނިސްޓަރު މުރްލިދަރް މޮހޯލް، ޕާލަމެންޓުގައި ވިދާޅުވެއްޖެ އެވެ.

މިއީ މިދިޔަ އަހަރު ލިބުނު ބޮމުގެ ދޮގު އިންޒާރުތަކަށްވުރެ ގާތްގަނޑަކަށް 10 ގުނަ އިތުރު އަދަދެއް ކަމަށް ޑެޕިއުޓީ ސިވިލް އޭވިއޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

އަދި، މީގެތެރެއިން، ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ ދޮގު އިންޒާރު ލިބިފައިވަނީ ހަމައެކަނި އޮކްޓޯބަރު މަހުގެ ފަހު ދެ ހަފްތާގެ ތެރޭގަ އެވެ.

މިއީ މުޅިން ވެސް ދޮގު އިންޒާރު ކަމަށާއި، އިންޑިއާގެ އެއްވެސް އެއާޕޯޓަކަށް ނުވަތަ މަތިންދާބޯޓަކަށް ވެސް ހަގީގީ ނުރައްކަލެއް ފެނިފައި ނުވާ ކަމަށް ވެސް މޮހޯލް ވިދާޅުވިއެވެ.

މިފަދަ ދޮގު އިންޒާރުތަކާ ގުޅިގެން މިހާތަނަށް 12 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެކުރީން، 2014 އިން 2017 އާ ދެމެދު ލިބިފައި ވަނީ 120 އިންޒާރު ކަމަށާއި، އޭގެތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އިންޒާރު ދީފައި ވަނީ އެ ގައުމުގެ އެންމެ ބޮޑު އެއާޕޯޓްތައް ކަމަށްވާ، ދިއްލީ އާއި މުމްބާއީ އަށެވެ.

މިފަދަ ބޮމުގެ ދޮގު އިންޒާރުތައް އިތުރުވަމުން އަންނާތީވެ، އިންޑިއާ ސަރުކާރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީތަކުން މީގެކުރީން ވަނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު