ENGLISH
08 އޭޕްރީލު 2025
މެލޭޝިއާގައި ފެން ބޮޑުވެ ތިން މީހުން މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ
29 ނޮވެމްބަރު 2024
|
މެލޭޝިއާގައި ފެންބޮޑުވެފައި
މެލޭޝިއާ އަށް މި ހަފުތާގައި ބޯކޮށް ވާރޭ ވެހި ތިން މީހުން މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.
މެލޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ ކޮމާންޑް ސެންޓަރުން ބުނި ގޮތުގައި ނުވަ ސްޓޭޓަކުން 94،778 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވެއެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ކެލަންޓަން އާއި އަވަށްޓެރި ޓެރެންގަނޫ އަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކޯރުތައް ފުރި، ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގެތައް ވަނީ ފެނުއަޑީގައެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް އަށް ސްޓޭޓަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ކެލަންޓަން އާއި ޓެރެންގަނޫގެ އެތައް އަވަށަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 82،000 އަށް ވުރެ ގިނަ ސެކިއުރިޓީ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.