ENGLISH
08 އޭޕްރީލު 2025
ޓްރަމްޕުގެ ކެބިނެޓުގައި ހިމެނޭ ބައެއް މެންބަރުންނަށް ބޮމުގެ އިންޒާރު ދޭން ފަށައިފި
28 ނޮވެމްބަރު 2024
|
ބޮމުގެ އިންޒާރު ދިން، ޓްރަމްޕުގެ ކެބިނެޓުގެ ބައެއް މެންބަރުން. --ފޮޓޯ: ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ކެބިނެޓަށް ނަގާފައިވާ ބައެއް މެންބަރުންނަށް ބޮމުގެ އިންޒާރުތައް ދޭން ފަށައިފިއެވެ.
އެފްބީއައި އިން ބުނި ގޮތުގައި ކެބިނެޓުގެ މެންބަރުންގެ ގޮތުގައި ޓްރަމްޕް އިޚްތިޔާރު ކުރައްވާފައިވާ ނުވަ ބޭފުޅަކަށް ވަނީ ބޮމުގެ އިންޒާރު ދީފައެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރާއި އެމެރިކާ އިން އދ. އަށް ކަނޑައަޅާ ސަފީރު ވެސް ހިމެނެއެވެ.
މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ދިން އިންޒާރުތައް ޕޮލިހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދެވި އިރު ޓްރަމްޕަށް ވެސް ވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ހަމަލާއެއް ދީފައެވެ. ނަމަވެސް ބޮމުގެ އިންޒާރު ޓްރަމްޕަށް ދިން ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފައެއް ނުވެއެވެ.
ބޮމުގެ އިންޒާރު ދިން އެއްވެސް މީހަކަށް އެމެރިކާގެ ސީކްރެޓް ސާވިސް އިން މި ވަގުތު ރައްކާތެރިކަމެއް ނުދެއެވެ.
ބޮމުގެ އިންޒާރުތަކާ ގުޅޭ މައުލޫމާތު ރައީސް ޖޯ ބައިޑަން އަށް ދެއްވާފައިވާ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފައެވެ.