ENGLISH

08 އޭޕްރީލު 2025

Advertisement

އިނގިރޭސި ވިލާތުގައި ދުންފަތާއި ވޭޕް މަނާކުރަން ޕާލަމެންޓް މެންބަރުން ތާއީދު

27 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

އިނގިރޭސި ވިލާތުގައި 15 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރަން ޕާލަމެންޓަށް ހުށަހަޅާ ބިލް މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން އިއްޔެ ބަލައިގެންފި އެވެ.

މިއީ ކޮންޒަވެޓިވް ސަރުކާރުގެ ބޮޑުވަޒީރު ރިޝީ ސުނާކުގެ ހުށަހެޅުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި އާއްމު އިންތިޚާބުގެ ކުރިން އެ ބިލަށް އަމަލީ ސިފަ ނުގެނެވި އުޅެނިކޮށް ސަރުކާރު ވަނީ ބަދަލުވެފައެވެ. ލޭބަ ޕާޓީގެ ސަރުކާރުން ވެސް ވަނީ މިފަދަ ބިލަކަށް ތާއިދުކުރަން ނިންމައިފައެވެ.  

"ދުންފަތާއި ވޭޕް" ގެ ބިލް ބަލައިގަތުމަށް 415 މެންބަރުންގެ ތަނަވަސް އަޣުލަބިއްޔަތަކުން ވަނީ ފާސްކޮށްފައެވެ. ބިލާ ދެކޮޅު ހެދީ 47 މެންބަރުންނެވެ. 

އިނގިރޭސި ވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު، ވެސް ސްޓްރީޓިން ވިދާޅުވީ ދުންފަތް މަނާކުރާ އުމުރު މަޑުމަޑުން މަތިކުރަމުން ދިޔުމުން، އިނގިރޭސި ވިލާތުގައި ދުންފަތް ބޭނުންނުކުރާ ޖެނެރޭޝަނެއް އުފެއްދޭނެ ކަމަށެވެ. އަދި އެންމެ ފަހުން އެ ގައުމަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ފުރަތަމަ ގައުމަށް ހެދިދާނެ ކަމަށް ވިދާޅުވިއެވެ. 

ބިލްގެ މަގްސަދަކީ 2009 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިން ދުންފަތާ މުޅިން ދުރުކުރުމެވެ. 

ބިލްގައި ބުނެފައިވާ ގޮތުން ވޭޕް އިޝްތިހާރު ކުރުމާއި ވެންޑިން މެޝިންތަކުން ވޭޕް ވިއްކުން މަނާކުރުން ހިމެނެއެވެ. އަދި ދުންފަތާއި ނިކޮޓީންގެ ބާވަތްތަކާއި ވޭޕް ރީޓެއިލްކޮށް ވިއްކުމަށް ލައިންސެންސެއް ބޭނުންވާނެ އެވެ. ފަނަރަ އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކައިފި ނަމަ 200 ޕައުންޑް (250) ޑޮލަރުން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހިމަނައިފައެވެ. 

ދުންފަތުގެ ބާވަތްތަކުގެ ސަބަބުން އިނގިރޭސި ވިލާތުގައި ދުވާލަކު 106 މީހުންނަށް ކެންސަރު ޖެހޭ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު