ENGLISH

14 އޮކްޓޯބަރު 2025

Advertisement

ކަޒަކިސްތާން އާއި މޮރިޝަސްއަށް ނަން-ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފި

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ދިވެހި ރާއްޖޭން ކަޒަކިސްތާނަށް ކަނޑައަޅާ ނަން-ރެސިޑެންޓް ސަފީރަކަށް އައިޝަތު އަޒީމާ އަދި މޮރިޝަސްއަށް ކަނޑައަޅާ ނަން-ރެސިޑެންޓް ސަފީރަކަށް މަސްއޫދު އިމާދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް ފޮނުއްވެވި ނަންތައް ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމީ ދެ ބޭފުޅުންނަށް ވެސް ރުހުންދޭން ފެންނަ ކަމަށެވެ.

ކަޒަކިސްތާނަށް ރާއްޖޭން ކަނޑައަޅާ ނަން-ރެސިޑެންޓް ސަފީރަކަށް ފާސްކުރި އަޒީމާ އަކީ އިންޑިއާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ ސަފީރެވެ. އަދި މޮރިޝަސްއަށް ކަނޑަޅާ ނަން-ރެސިޑެންޓް ސަފީރުގެ މަގާމަށް ފާސްކުރި މަސްއޫދު އިމާދަކީ ސްރީލަންކާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ ސަފީރެވެ.

ދެބޭފުޅުންގެ ނަން ވެސް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު