ENGLISH

14 އޮކްޓޯބަރު 2025

Advertisement

އިންޓެގްރިޓީ ކޮމިޝަނަށް އައްޔަންކުރަން ހަތަރު މެންބަރުންގެ ނަން މަޖިލީހުން ފާސްކޮށްފި

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެންއައިސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ބޭފުޅުންނަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރުހުންދީފަ އެވެ.

މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައި ވަނީ:

  • ފާތިމަތު ޝަރީފް، ގދ. ތިނަދޫ މާކޯޅި
  • ޝިފާޒް އަލީ، ދަފްތަރު ނަމްބަރު 1854
  • އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު 1851
  • ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަމްބަރު 1188

މީގެ ތެރެއިން ޝުއައިބު އަބްދުއްރަހްމާންއަކީ އެންއައިސީގެ މިހާރުގެ ވެސް މެންބަރެކެވެ.

އެންއައިސީއަށް މެމްބަރުން އަައްޔަންކުރަން ނިންމީ އެ ކޮމިޝަންގެ ހަތަރު މެމްބަރެއްގެ ދައުރު މި މަހު 26 ގައި ހަމަވާތީ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން ހިމެނެނީ މަރިޔަމް އިންޝާ ފައިސަލް އެވެ. އެ ކޮމިޝަނަށް އޭނާ އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު