ENGLISH

14 އޮކްޓޯބަރު 2025

Advertisement

ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި ބަނދަރުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

13 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ކަނޑިތީމަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެރަށުގައި މުހިއްމު ދެ މަޝްރޫޢެއް ހިންގަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

ރައީސުލްޖުމްހުރިއްޔާ ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާގައި ސޮއިކުރި ދެ މަޝްރޫޢަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި އެރަށުގައި ބަނދަރު ތަރައްޤީކޮށް ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢެވެ. 

ދެ މަޝްރޫޢުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އެވެ. 

މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އެވެ. ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާ ޙަވާލުވީ އެމްޓީސީސީންނެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ. 

ކަނޑިތީމުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ ކަނޑިތީމުގައި އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އާ ބްރާންޗާއި ފުލުހުންގެ މަރުކަޒު އަދި ފިޓްނެސް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފައެވެ. 

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށުގެ ތަރައްގީއަށް ކުރަންޖެހިފައި ހުރި އިތުރު ކަންކަން ވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ފެށިފައި، މާބާރު ސްޕީޑުގައި ކުރިއަށް ނުދާ ކަންކަމާއި ހުއްޓިފައި ހުރި ކަންކަން ހިމެނޭ ކަމަށެވެ.

އެރަށުގައި ކުރިއަށްނުދާ މަޝްރޫޢުތަކުގެ ތެރެއިން ޞިއްޙީ މަރުކަޒުގެ މަސައްކަތާއި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތުގެ އިތުރުން ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި ފެންސް ޖަހައި ރޭގަނޑު ކުޅެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު