ENGLISH
15 އޮކްޓޯބަރު 2025
މީޑިއާ ކޮމިޝަނަށް 10 މެންބަރުން ކުރިމަތިލައިފި
13 އޮކްޓޯބަރު 2025
|
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް 10 ބޭފުޅަކު ކުރިމަތިލައިފި އެވެ.
އޭގެ ތެރޭގައި ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލްގެ ކުރީގެ މެންބަރުން ވެސް ހިމެނެ އެވެ.
އަލަށް އަމަލު ކުރަން ފަށާ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހެނީ ތިން މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނާ ގުޅިގެން ނަން ހުށަހަޅާފައި ވަނީ:
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި މަޖިލީހުން ތިން މެންބަރުން ހޮވާ އިރު އަނެއް ހަތަރު މެންބަރުން އިންތިޚާބު ކުރަން ޖެހެނީ މީޑިއާތަކުންނެވެ. ގާނޫނުގައި ބުނާ އަދަދަކަށް މީޑިއާތަކުން މެންބަރުން ކުރިމަތިލާފައިވާތީ އިންތިޚާބަކާ ނުލައި ވަނީ މީޑިއާތައް ތަމްސީލް ކުރާ ހަތަރު މެންބަރުން ހޮވިފަ އެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓިން މީޑިއާތަކުގެ ދާއިރާއިން ޒަމްއަތު އަހުމަދު ވަހީދު- ގދ. ތިނަދޫ، މަލަ އަދި އަބްދުލްއަޒީޒް އިބްރާހީމް- ށ. ފޭދޫ، މޫނިމާގެ ވަނީ ހޮވިފައެވެ. އޮންލައިން މީޑިއާތަކުގެ ބައިން ވަނީ ވަގުތު ނޫހުގެ ސިމާހާ ނަސީމް އާއި ހުސައިން ސަގީފް ހޮވިފައެވެ. ސަގީފަކީ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް އެވެ.