ENGLISH
15 އޮކްޓޯބަރު 2025
ގދ. ފިއޯރީ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެ
13 އޮކްޓޯބަރު 2025
|
ގދ. ފިއޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން،އެ ބަނދަރުގައި އެއްގަމު ތޮށީގެ މަސައްކަތް ނިމިފައިވާ ކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ފިއޯރީ ބަނދަރުގައި މިހާރު ކުރިއަށް ދަނީ ފަޅު ފުންކުރުމުގެ މަސައްކަތް ކަމަށާއި، އަދި މި މަސައްކަތުގެ 51 އިންސައްތަ މުޅިން ނިމިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުންވެސް މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި އަދި މޫރިންގ ރިންގްސް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މި މަޝްރޫއަށް 38 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ.
ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ގިނަ ދުވަސްތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.