ENGLISH

15 އޮކްޓޯބަރު 2025

Advertisement

ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ޤަތަރުގެ އަމީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ޝަރްމުއްޝައިޚްގައި ހިނގި ކާރު އެކްސިޑެންޓްގައި އަވަހާރަވި ޤަތަރު ސަރުކާރުގެ ތިން އޮފިޝަލުން.

ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓްގައި ޤަތަރު ސަރުކާރުގެ ތިން އޮފިޝަލުން އަވަހާރަވުމާއި އިތުރު ދެމީހުންނަށް އަނިޔާވުމާއި ގުޅިގެން ޤަތަރުގެ އަމީރު ހިޒް ހައިނަސް ޝެއިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ނިންމުމަށް މާދަމާ ބާއްވާ ބައިނަލްއަޤްވާމީ ސަމިޓަށް ތައްޔާރުވަމުންދާ އަމީރީ ދިވާންގެ އޮފިޝަލުން ނިޔާވި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ފުންހިތާމަ ފާޅުކުރައްވާފައެވެ.

ޤަތަރު ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ރައްޔިތުން ތިބީ، މި ހާދިޘާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވާފައެވެ. އަދި، އަވަހާރަވި އޮފިޝަލުންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށާއި، ހާދިސާގައި ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު