ENGLISH
26 އޮކްޓޯބަރު 2025
ހދ. ނޮޅިވަރަންފަރު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް
13 އޮކްޓޯބަރު 2025
|
ހދ. ނޮޅިވަރަންފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމަކާ ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.
ނޮޅިވަރަންފަރު ބަނދަރުގައި މިހާރު ކުރިއަށް ދަނީ ފަޅު ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން، ބަނދަރުގެ ޕޭވްމަންޓް މަސައްކަތާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ 44.68 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 380 ދުވަހުގެތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ނޮޅިވަރަންފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ އޮގަސްޓް މަހުއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، އަޙުމަދު ސަޢުދީއެވެ.
ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަންފަރު ރައްޔިތުން އާމްދަނީ ހޯދުމަށް ޢާއްމުގޮތެއްގައި ކޮށްއުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ. ބަނދަރު ތަރައްޤީވެ، ފަޅުގައި ޖާގަ ތަނަވަސްވެގެން ދިއުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށުގެ އޮޑިދޯނިފަހަރާއި، ލޯންޗު ފަހަރާއި ޑިންގީ އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބި، ލަފާފުރުމުގެ ދަތިތަކަމަށް ވެސް ހައްލު ލިބިގެންދާނެއެވެ.