ENGLISH
13 އޮކްޓޯބަރު 2025
ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެއްޖެ
12 އޮކްޓޯބަރު 2025
|
ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދަށް މިދުވަސްވަރު ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މުޅި ރާއްޖެ އަށް ވައިބާރުވެ ކަނޑުތައް ވެސް ގަދަވެ އަދި ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ އެންމެހައި ފަރާތްތަކުން، ޚާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރެއްވުމަށް ފަހު، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.
ވައި ބާރުވެ ކަނޑުތައް ގަދަވެ ޚާއްސަކޮށް ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ އިރު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުނެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ވައިގެ ބާރު މިން 45 މޭލަށް އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. މެޓް އޮފީހުން މިހާރު ވަނީ މިރޭ 9 އަކާ ހަމައަށް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފަ އެވެ.