ENGLISH

13 އޮކްޓޯބަރު 2025

Advertisement

ގއ. ވިލިނގިލީ ޕޮލިސް އެކޮމޮޑޭޝަން މަސައްކަތް ފަށައިފި

12 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގއ. ވިލިނގިލީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޕޮލިސް އެކޮމޮޑޭޝަން މަސައްކަތްތަކުގެ ތެރެއިން މި ވަގުތު ކުރިއަށް ދަނީ ސައިޓުގައި ފެންސު ޖެހުމުގެ މަސައްކަތާއި ފުޓިންގ ބީމް އެކްސްކެވޭޝަންގެ މަސައްކަތްކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.

މީގެ އިތުރުން ބިލްޑިންގ ސެޓިންގ އައުޓުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އާރްޑީސީން ބުންޏެވެ.

ވިލިނގިލީ ޕޮލިސް އެކޮމޮޑޭޝަންގެ ބިންގާ އަޅުއްވައި ދެއްވީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާޢު އެވެ. މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި އެރަށްރަށުގެ އެކި މުއައްސަސާތަކުގެ އިސް މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ހުރިހާ ރަށެއްގައި މި އަހަރު ޕޮލިސް ސްޓޭޝަން ގާއިމުކުރަން ސަރުކާރުން ފަށާފައިވާ މަޝްރޫއު ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ވިލިނގިލީ ޕޮލިސް އެކޮމޮޑޭޝަންގެ ބިންގާ އަޅާފައިވަނީ މި އަހަރުގެ 29 މާރޗް މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު