ENGLISH

13 އޮކްޓޯބަރު 2025

Advertisement

އައިއައިޔޫއެމްގެ ރެކްޓަރ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

12 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

އައިއައިޔޫއެމްގެ ރެކްޓަރ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުން --

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގެ ރެކްޓަރ ޕްރޮފެސަރ އެމެރިޔަސް ޑާތުކް ޑޮކްޓަރ އޮސްމާން ބަކަރ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިއަދު ހެނދުނު އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޕްރޮފެސަރ އެމެރިޔަސް ޑާތުކް ޑޮކްޓަރ އޮސްމާން ބަކަރ ވަނީ މަތީ ތަޢުލީމްގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވާފަ އެވެ. އަދި، އައިއައިޔޫއެމުން ދިވެހިދަރިވަރުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެޤައުމުގެ މެދުގައި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން ވަނީ އުންމީދު އައު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު