ENGLISH
13 އޮކްޓޯބަރު 2025
ނ. ފޮއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
12 އޮކްޓޯބަރު 2025
|
ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ފޮއްދޫ ބަނދަރުގައި މިހާރު ކުރިއަށް ދަނީ ހާބަރ ބޭސިން ހިއްކުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރަޢީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ގާތްގަނޑަކަށް 504 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫ ރައްޔިތުން ޢާއްމުކޮށް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެ ރަށަކީ، ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެގޮތުން، އެ ރަށުގައި ފަސް ގެސްޓްހައުސް މި ވަގުތު އަންނަނީ ހިންގަމުންނެވެ.
ނަމަވެސް، މީގެކުރީން ފޮއްދޫގައި ބަނދަރެއް ހަދާފައި ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ނޫން މީހުން ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. އެކަމުގެ ދަތިތައް އެފަރާތްތަކުން ދަނީ މެދުނުކެނޑި ތަޙައްމަލު ކުރަމުންނެވެ.
އެހެންކަމުން، އަމަލީ މަސައްކަތް ނިމި ފޮއްދޫ ބަނދަރުގެ މަސައްކަތް ނިމުމާއެކު، ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރިންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަގު ގާތްގަނޑަކަށް 49.77 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.