ENGLISH
13 އޮކްޓޯބަރު 2025
ޑަކް ޕާކުގައި މަހާއި ދޫނިތައް މެރި މައްސަލަ ތަހުޤީޤު ކުރަނީ
12 އޮކްޓޯބަރު 2025
|
ޑަކް ޕާކުގައި މަހާއި ދޫނިތައް މަރުވެފައި --
އައްޑޫ ސިޓީ ހުޅުދޫ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މެރި މައްސަލަ ބަލަމުންދާ ކަމަށާއި އެ މައްސަލައިގެ ތަހުޤީޤެއްް ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފި އެވެ.
ހުޅުދޫ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މަރުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. އެ ރަށު ކައުންސިލާއި އާންމުން ދެކޭ ގޮތުގައި މަހާއި ދޫނިތައް މަރުވީ ބަޔަކު ގަސްތުގައި ކުރި ކަމަކުންނެވެ. ބެލެވެނީ ފެންގަނޑަށް ވިހަ އަޅައިގެން މަރާލީ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުދޫ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މަރުވަމުންދާ މައްސަލަ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލާގައި ތަހުޤީޤެއް ފަށާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.