ENGLISH

13 އޮކްޓޯބަރު 2025

Advertisement

ގއ. ވިލިނގިލީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

12 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 59،536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ބޭސިން ފުންކުރުން
  • 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން 
  • 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން 

 މިއީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވިލިނގިއްޔަކީ ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ ބޮޑު ޙިއްސާއެއް އޮތް އެއް ރަށެވެ. މި ރަށުގައި ކަންނެލީގެ މަސައްކަތްކުރާ 23 ދޯނި އޮވެއެވެ. މަސްވެރިކަމުގައި މުހިއްމު ރަށެއް ކަމުގައިވީ ނަމަވެސް އެރަށުގެ މަސްވެރިންނަށާއި އެރަށަަށް އަންނަ މަސްވެރިންނަށް ވެސް ކުރިމަތިވާ އެންމެ ބޮޑު އެއް ދައްޗަކީ ބަނދަރުގެ ޖާގައިގެ ދަތިކަމާ ބަނދަރު އޮތް ހާލަތެވެ.

ބަނދަރު ހަލާކުވެ މަރާމާތު ނުކުރެވި ޒަމާންތަކެއް ފާއިތުވުމަށް ފަހު، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް އަންނަނޭކަމުގެ އުއްމީދު މިވަނީ ފެންނަން ފަށާފައެވެ. އެހެންކަމުން ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު ވިލިނގިލީގެ މަސްވެރިންކަން އިތުރަށް ފުޅާވެ، އެރަށަށް އަންނަ މަސްދޯނިތަކަށް ވެސް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު