ENGLISH
13 އޮކްޓޯބަރު 2025
މެންޓަލް ހެލްތް ދުވަސް ފާހަގަ ކުރަން ޚާއްޞަ ވެބިނަރ އެއް
12 އޮކްޓޯބަރު 2025
|
ވެބިނާގެ ޕެނަލިސްޓުން
އިންޓަނޭޝަަނަލް މެންޓަލް ހެލްތް ޑޭ ފާހަގަ ކުރުމުގެ ގޮތުން އޮސްޓްރޭލިޔާ މޯލްޑިވްސް ފުރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) ގެ ފަރާތުން މިރޭ ޚާއްޞަ ވެބިނަރއެއް ބާއްވަން ނިންމައިފި އެވެ.
މި ވެބިނަރގައި އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ އެވެ.
ވެބިނަރގެ އެންމެ މުހިންމު ބަޔަކީ އެހުންތެރިންގެ ސުވާލުތަކަށް އެކްސްޕާރޓް ޕެނަލަކުން ޖަވާބު ދިނުމެވެ. ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގެ އެކްސްޕާޓުން ކަމުގައިވާ ކޮންސަލްޓަންޓް ސައިކިއަޓްރިސްޓް ޑރ އާރިފް މުހަންމަދާއި ސައިކޯތެރަޕިސްޓް ފާތުމަތު ރިޝްތާ ޢަބްދުލްމަޖީދާއި ލީޑުސޯޝަލް ވާރކަރ ފާތުމަތު ސޯފިޔާ ރަޝީދެވެ. މި ވެބިނަރ މޮޑަރޭޓް ކޮށްދެއްވާނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން ޑރ ޢާއިޝަތް ޝަނޫރާއެވެ.
މި ވެބިނަރު އޮންނާނީ މިރޭ 8:30 އިން 9:30 އަށެވެ. ދިވެހި ބަހުން ކުރިޔަށް ގެންދާ މި ވެބިނަރގައި ބައިވެރިވުމަށް ބޭނުންވާ މީހުންނަށް މި ލިންކުން https://meet.google.com/pue-jrqx-mym ބައިވެރިވެވޭނެ ކަމަށް އަމްފާ އިން ބުނެ އެވެ.