ENGLISH
13 އޮކްޓޯބަރު 2025
ހުރާ ބަނދަރު ތަރައްޤީ ކުރުމުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ
12 އޮކްޓޯބަރު 2025
|
ކ. ހުރާ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 47 އިންސައްތަ ނިމިފައިވާ ކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން 1،795 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.
ކ. ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް، އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުފެށި އޮތުމަށް ފަހު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުފުޅާ އެކު މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ގާތްގަނޑަކަށް 1،400 މީހުން ދިރިއުޅޭ ހުރާގައި މައިގަނޑުގޮތެއްގައި ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި، ފަތުރުވެރިކަމާ ގުޅޭ އެކި މަސައްކަތްކާއި ލޯކަލް ޓޫރިޒަމް އެވެ. އެހެންކަމުން، އެ ރަށުގެ ބަނދަރު ތަރައްޤީކޮށް، މަރާމާތުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ޖާގަ ތަނަވަސް ބަނދަރަކަށް ރަށު ރައްޔިތުން އިންތިޒާރު ކުރާތާ ވަރަށް ގިނަ ޒަމާންވެއްޖެއެވެ.
ހުރާގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުން މިހާރު އޮތް ބަނދަރަށް ޖާގަ އިތުރުވެ، މުދާ ބޭލުމުގައާއި ރަށަށް އަރާ ފޭބުމުގައި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ކުރިމަތިވާ އުނދަގޫ ތަކަށް ނިމުމެއް އަންނާނެ ކަމަށް އެރަށު ރައްޔިތުން ގަބޫލު ކުރެއެވެ.