ENGLISH
26 އޮކްޓޯބަރު 2025
ރައީސްގެ ނިންމެވުމާއި އެއްގޮތަށް ބޮޑުހިލަ ބަލްކުކޮށް ގެންނަން ފަށައިފި
11 އޮކްޓޯބަރު 2025
|
ބޮޑުހިލަ ބަލްކުކޮށް ގެންނަން ފެށުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީއައިއެސްޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި އެވެ.
އަތޮޅުތެރޭގެ ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަޝްރޫޢުތައް ހުއްޓިފައިވުމެވެ. އެ މަޝްރޫޢުތައް މިވަގުތު ކުރިއަށް ގެންދަން އޮތް އެންމެ ބޮޑު ހުރަަހަކީ ބޮޑުހިލަ މިވަގުތު ނެތުމެވެ. އެހެން ކަމުން ވަރަށް އިސްކަން ދެއްވައިގެން ވީހާވެސް އަވަހަށް ބޮޑުހިލަ ގެނެސް މަޝްރޫޢުތައް ފެށުމަށް ރައީސް ވަނީ އަންގަވާފަ އެވެ.
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނު ކުރައްވާފަ އެވެ.
އެ ކުންފުނިން ބުނީ މި އަހަރު ނިމުމުގެ ކުރީން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެ ގެނައުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. މިއީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތައް އަވަހަށް ނިންމަން ބޭނުންވާ ޖުންލަ އަދަދު ކަމަށާ މި ޝިޕްމަންޓްތައް ރާއްޖެ ގެނެސް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ގިނަގުނަ މަޝްރޫޢުތައް ނިމިގެން ދިއުމާއެކު ރައްޔިތުންނަށް އެތައް ލުއިފަަސޭހަތަކެއް ލިބޭނެ ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް, އެމްޓީސީސީއާ ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓްގައި 56,450 ޓަނުގެ ބޮޑު ހިލަ ވަނީ ގެނެސްފަ އެވެ.
މި ޝިޕްމަންޓުން ގެނެސްފައިވާ ހިލަ ފުރަތަމަ ފޯރުކޮށްދޭނީ ބ. މާޅޮހު ބަަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ކަމަށާ އޭގެ އިތުރުން ބ އަތޮޅާއި ރ އަދި ޅ އަތޮޅުގައި ހިންގާ އެހެނިގެން މަޝްރޫޢުތަކުގެ މަސައްކަތްތަކަށް ވެސް ބޮޑުހިލަ ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ ކުންފުނިން މިދިޔަ 44 އަހަރުތެރޭ ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައި ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި ކަމަށާ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާމީ ތަރައްޤީ އާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.