ENGLISH
26 އޮކްޓޯބަރު 2025
އައިޔޫއެމްގައި ދެ ދުވަހުގެ ސެމިނަރގައި ޚާއްސަ ވޯކްޝޮޕްތަކެއް
11 އޮކްޓޯބަރު 2025
|
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ވަރަށް ޚާއްސަ ސެމިނާ އެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ސެމިނަރު ކުރިއަށް ގެންދާނީ މާދަމާއާ އަދި އަނެއް ދުވަހު އެވެ. އައިޔޫއެމް އިން ބުނީ މި ސެމިނާގައި ފެސިލިޓޭޓް ކޮށްދެއްވާނީ އައިއައިޔޫއެމް (މެލޭޝިޔާ)ގެ އެކިއެކި ޕްރޮފެސަރުންނެވެ. އޭގެ ތެރޭގައި މި ސަރަޙައްދުގައި ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެ އެވެ. އެ ބޭފުޅުންގެ މައުލޫމާތު ވެސް އައިޔޫއެމް އިން ވަނީ އާންމުކޮށްފަ އެވެ.
ދެ ދުވަހުގެ މި ސެމިނާގައި ތަފާތު 13 އިލްމީ ބައްދަލުވުމެއް އިންތިޒާމު ކޮށްފައިވާ ކަމަށް އައިޔޫއެމް އިން ބުންޏެވެ. އަދި މި ޕްރޮގުރާމްތަކުގައި ރަޖިސްޓަރީވުމުގެ ފުރުސަތު އާއްމުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
މި ސެމިނާގައި ކުރިއަށް ގެންދާ އިލްމީ ތަފާތު ބައްދަލުވުންތަކުގެ ތެރޭގައި އެކި މާއްދާތައް ކިޔަވައިދިނުމުގައި އިސްލާމީ ނަޒަރުން ކިޔަވާ ދޭނެ ގޮތާއި، ޒުވާނުންނަށް ހާއްސަކޮށްގެން ގެންދެވޭ ލީޑާޝިޕް ޕްރޮގުރާމްތައް ވެސް ހިމެނެ އެވެ. އަދި އިސްލާމިކް ފައިނޭންސިންގެ މައްޗަށް ވެސް މައުލޫމާތު ހިއްސާކުރުމުގެ ބައްދަލްވުންތައް ހިމެނެ އެވެ.
"ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ. މި ސެމިނަރ އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް އެވެ.