ENGLISH
26 އޮކްޓޯބަރު 2025
ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ރިޔާސަތު ބެލެހެއްޓުން ރާއްޖެއަށް
11 އޮކްޓޯބަރު 2025
|
ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ ރީޖަންގެ ރިޔާސަތު ކުރިއަށް އޮތް ތިން އަހަރު ބަލަހައްޓާ ޤައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
މި މަޤާމަށް ރާއްޖެ ހޮވާފައިވަނީ ބާބަޑޯސްގައި ބޭއްވި ސީޕީއޭ އޭޝިއާ ރީޖަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި މަޤާމު އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމްއެވެ. އެމަނިކުފާނުގެ ދައުރު ނިމޭނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް (ސީޕީސީ) ގައެވެ.
ދިވެހިރާއްޖެއަށް މި ފަޚުރުވެރި މަޤާމު ލިބުމަކީ، ކޮމަންވެލްތުގެ ޕާލިމެންޓަރީ މުޖުތަމަޢުގައި ރާއްޖެ އަދާކުރަމުންދާ ހަރުދަނާ ދައުރާއި، އޭޝިއާ ސަރަޙައްދުގައި ސީޕީއޭގެ މަޤްޞަދުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ހަރުދަނާކަމުގެ އަލިގަދަ ހެއްކެކެވެ.
މި މަޤާމު ރާއްޖެއަށް ލިބިފައިވަނީ ސްރީލަންކާގެ ދައުރު ނިމުމާ ގުޅިގެންނެވެ. ސީޕީއޭގެ ހިންގާ ގަވާއިދުގެ ދަށުން މި ދައުރަށް ހަމަޖެހިފައި އޮތީ ބަންގްލަދޭޝްއެވެ. ނަމަވެސް، މިވަގުތު އެ ޤައުމުގައި އިންތިޚާބުކޮށްފައިވާ ޕާލިމެންޓެއް ނެތުމާއި، އެ މަޤާމު އަދާކުރުމަށް ބަންގްލަދޭޝްއަށް ހުރަސްތައް ކުރިމަތިވުމާ ގުޅިގެން، ދިވެހިރާއްޖެ އެ މަގާމަށް އިންތިޚާބުކުރީއެވެ.