ENGLISH
26 އޮކްޓޯބަރު 2025
ފޮޓޯ ލީކުކުރީ ފުލުހުން ކަމަށް އެމްޑީޕީގެ އެކްޓިވިސްޓް ކުރާ ތުހުމަތަކީ ދޮގެއް
11 އޮކްޓޯބަރު 2025
|
ދިވެހި ފުލުހުންގެ ޚިދުމަތް --
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.
އެކަން ހާމަކަޮށް ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޚިދުމަތުން ތަހުޤީޤު ކުރާ މައްސަލަތަކާއި ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި އަދި ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތް ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ބުނީ މި އުސޫލުތަކުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވަނީ ފުރިހަމައަށް ކަށަވަރު ކުރެވިފައި ކަމަށާ އެހެން ކަމުން ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މަޢުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
ވީމާ ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯ އެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަޤީޤަތެއްް އެކުލެވިގެން ނުވާ ދޮގު ތުހުމަތެއް ކަމަށް ފުލުހުން ބުންޏެވެ.
ދިވެހި ފުލުހުން ޚިދުމަތުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އެ ޚިދުމަތުން ތަހުޤީޤުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާއެކު ޤާނޫނީ ހަމަތަކުގެ މަތީން ހެކީގެ ރައްކާތެރިކަން ކަށަވަރު ކޮށްގެން ކަމަށެވެ. އަދި އެ ޚިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމާއި ޕްރޮފެޝަލަން މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދޭ ކަންކަން ކަމަށެވެ.
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުޤީޤަށް އެމްޑީޕީ އެކްޓިވިސްޓެއްގެ ފޯނު ހިފަހައްޓާފައި ވަނިކޮށް އެ ފޯނުގައި ވާ ފޮޓޯއެއް ލީކުކޮށްލާފައިވާ ކަމަށް ވަނީ ތުހުމަތުކޮށް ދޮގު ވާހަކަތަކެއް ނެރެފަ އެވެ.