ENGLISH

26 އޮކްޓޯބަރު 2025

Advertisement

އަންހެނުން ކުދިންގެ އަޑުއަހައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ: ފަސްޓް ލޭޑީ

11 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް، ހަމަހަމަ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށާއި އެކުދިންގެ އަޑު އަހައި، އިހުތިރާމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އެކަމަނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ދައްކުވައިދެމުންދާ ހިއްވަރާއި ތޫނުފިލިކަމާއި އޯގާތެރިކަން ފާހަގަކުރައްވައި، އެކުދިންނަކީ މުޖުތަމަޢުތަކުގައި އީޖާދީ ވިސްނުމާއެކު އިސްނަގައިގެން ހަރަކާތްތެރިވާ، އަދި މުސީބާތުގެ ވަގުތުތަކުގައި ވެސް ގަދައަޅައި މަސައްކަތްކުރާ، ވިލުންތެރިކަން އޭގެ ހަޤީޤީ މާނައިގައި ދައްކުވައިދޭ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަދި އަންހެން ކުދިން ތަޢުލީމު ހާސިލުކޮށްގެން މާނަހުރި ގޮތެއްގައި މުޖުތަމަޢުތަކަށް ޚިދުމަތް ކުރެވޭނެފަދަ މާޙައުލުތަކެއް ބިނާކުރުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

އަންހެން ކުދިންނަށް ހުރިހާ ގޮތަކުން ވެސް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ މުހިންމުކަން އެކަމަނާގެ މެސެޖުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. 

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހަކީ އަންހެންކުދިންގެ ހައްޤުތައް ބަލައިގަނެ، އެ ކުދިންގެ ބާރުވެރިކަމަށް މަސައްކަތްކުރުމަށްޓަކައި އ.ދ. އިން ކަނޑައަޅައިފައިވާ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު