ENGLISH

10 އޮކްޓޯބަރު 2025

Advertisement

ސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން ފުރިހަމަ އަަށް އިހުތިރާމް ކުރަން ރާއްޖެއިން ގޮވާލައިފި

10 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އެންމެ ފަހުން ގާއިމް ކުރި ގާޒާގެ ސުލްހައިގެ އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަ އަށް އިހުތިރާމް ކުރުމަށް ރާއްޖެ އިން ގޮވާލައިފި އެވެ. 

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ދޭން ފެށި ހަމަލާތައް މެދުކަނޑާލައި، ހަނގުރާމަ ހުއްޓާލުމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ. ޣައްޒާގައި ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހައެއް ގެނައުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިސް ނެންގެވުމުގެ ދަށުން ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގެ ފުރަތަމަ ފިޔަވަހި ތަންފީޒު ކުރުމަށް އިޒްރޭލާއި ހަމާސް އިން މިހާރު ވަނީ އެއްބަސްވެފަ އެވެ.

އެއްބަސްވުމަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. މި އެއްބަސްވުމަކީ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު ކޮންމެވެސް ވަރެއްގެ އުއްމީދެއް ކަމަށާއި އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ލިބުނު އުއްމީދެއް ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ގާއިމްކޮށްފައިވާ އެއްބަސްވުންތަކާ އިޒްރޭލުން ޚިލާފުވެފައިވާކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ ގާޒާގައި އިޒްރޭލުން ހިންގި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ދައުވާ އުފުލާފައިވާ ޔަހޫދީ ދައުލަތުގެ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު