ENGLISH
17 އޮކްޓޯބަރު 2025
ހުޅުމާލެ ޗެނަލް ޕާކުގައި އިންޖީނުލީ އުޅަދު ދުއްވުން މަނާ ސަރަހައްދު ފާހަގަކުރުމުގެ މަސައްކަތް ފަށައިފި
10 އޮކްޓޯބަރު 2025
|
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ޗެނަލް ޕާކު: އެ ސަރަޙައްދުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި. ފޮޓޯ: ޕީއެސްއެމް
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި އޮންނަ ޗެނަލްގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވުމާ އެކު، އެ ސަރައްދު ފާހަގަކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި އޮންނަ ޗެނަލް ޕާކުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަސްމީކޮށް ބަންދުކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހުން ފެށިގެންނެވެ.
ދެ ފިޔަވަހި ގުޅޭ އެ ސަރަޙައްދުގެ މޫދަކީ، އެކި ހަރަކާތްތަކަށް ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ސަރަހައްދެކެވެ. އަދި، އެޗްޑީސީން އަންނަނީ އެތަން ހިމާޔަތްކުރުމަށް މުރަކަ އިންދާ އާލާކުރުމުގެ މަސައްކަތް ވެސް ކުރަން ތައްޔާރުވަމުންނެވެ.
އެޗްޑީސީން އެ ސަރަހައްދު އިންޖީނުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ޚާއްސަކުރީ، އެތަނުގައި ކުރަމުން އަންނަ މަސައްކަތަށް ހުރަސް ނޭޅޭނޭހެން އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
އެޗްޑީސީން ހަދާފައިވާ ޗެނަލް ޕާކުގެ މޫދަށް އެރޭ ސަރަޙައްދުގެ ފުންމިނުގައި 1.85 މީޓަރު އަދި ފުޅާމިނުގައި 50 މީޓަރު ހުރެއެވެ.