ENGLISH

10 އޮކްޓޯބަރު 2025

Advertisement

ސިއްހީ ދާއިރާގެ ކުރިއެރުމަކީ އެކަމަށް ރައީސް ދެއްވާ އަހައްމިއްޔަތު: މިނިސްޓަރ ނާޒިމް

10 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް

ރާއްޖޭގެ ސިއްހީ ދާއިރާ އިން ހޯދާފައިވާ ކުރިއެރުންތަކަކީ ވަރަށް ގިނަ ދުވަހު ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އިތުރުން އެ ދާއިރާ ކުރިއެރުވުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްތުކަން، ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޯޑަންގެ ވެރިރަށް އައްމާންގައި މި މަހު 7-9 އަށް ކުރިއަށް ދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހެލްތު މިނިސްޓަރުންގެ 8 ވަނަ ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަށް އިސްމާލީ ގައުމުތައް ގުޅިގެން، ހުރިހާ ގައުމަކުން އެކުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

ތިން ދުވަހުގެ މި ބައްދަލުވުމުގެ ފުރަތަމަ ދުވަހަކީ، ބައިވެރިވާ ގައުމުތަކުގެ އިސްވެރިންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ގެންދިޔަ ދުވަހެވެ. އަދި ބައްދަލުވުމުގެ ދެވަނަ ދުވަހާއި ތިން ވަނަ ދުވަހަކީ އޯއައިސީގެ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުން އެޖެންޑާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރި ދެ ދުވަހެވެ. މިގޮތުން މިއަހަރުގެ މަޢުޟޫއަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. 

މިއީ އޯއައިސީގެ މެމްބަރ ގައުމުތަކުގެ ސިއްހީ ޙާލަތު ދެނެގަނެ، އޯއައިސީގެ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަންގެ ލަނޑުދަނޑިތައް ހާޞިލުކުރެވިފައިވާ މިންވަރު ބަލައި ކުރިއަށް އޮތް 10 އަހަރުގެ ސްޓްރެޓީޖިކް ޕްރޮގްރާމް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުން މެދުވެރިކޮށް އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ސިއްހީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅާނެ އެވެ.

އޯއައިސީގެ ހަތް ވަނަ އިސްލާމިކް ކޮންފަރަންސް އޮފް ހެލްތު މިނިސްޓާސްގެ ބައްދަލުވުން އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫއޭއީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު