ENGLISH

08 އޭޕްރީލު 2025

Advertisement

ޔުކްރެއިންގެ 17 ސަރަޙައްދަކަށް ރަޝިޔާއިން 188 ޑްރޯން ހަމަލާދީފި

27 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ރަޝީޔާއިން ދިން ހަމަލާގައި ގެއްލުން ލިބުނު ތަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ

ރަޝިޔާއިން ޔުކްރެއިންގެ 17 ސަރަޙައްދަކަށް 188 ޑްރޯން ފޮނުވާ ލައިފި ކަމަށް ޔުކްރެއިންގެ އެއަރ ފޯސް އިން ބުނެފިއެވެ. މިއީ ރަޝިޔާއިން އެއްފަހަރާ ފޮނުވި އެންމެ ގިނަ އަދަދުގެ ޑްރޯންއެވެ.

ޔުކްރެއިންގެ ރައީސް ވ. ޒެލެންސްކީ ވިދާޅުވީ މި ހަމަލާއަކީ ރަޝިޔާގެ އަމާޒުތައް ޙަޤީޤީ ސުލްޙައާ އެއްވެސް ގުޅުމެއް ނެތްކަމުގެ ހެއްކެއް ކަމަށެވެ. ޔޫކުރޭންއިން ގިނަ ޑްރޯންތައް ވައްޓާލެވިފައި ނުވަތަ ނައްތާލެވިފައިވީ ނަމަވެސް، މި ހަމަލާގައި އެޕާޓްމަންޓް އިމާރާތްތަކާއި ކަރަންޓު ވިއުގައަށް ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސުމީ ސަރަޙައްދުގައި ހުރި ޕެޓްރޯލް ސްޓޭޝަނަކަށް ރަޝިޔާއިން ދިން ހަމަލާއެއްގައި މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށާއި، އެ ހަމަލާގައި ރިހޭބިލިޓޭޝަން ސެންޓަރަކާއި ކުޑަކުދިންގެ  ނާސަރީ އަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

އެމެރިކާއިން ޔުކްރެއިނަށް ދީފައިވާ ދުރު ރާސްތާ މިސައިލްތަކުން ރަޝިޔާގެ އެތެރެއަށް ހަމަލާ ދިނުމުގެ ހުއްދަ ބައިޑެން ވަނީ ދެއްވާފައެވެ. މިގޮތުން ނޮވެމްބަރު 19 ގައި ޔުކްރެއިނުން ވަނީ އެމެރިކާގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް (އޭޓީއޭސީއެމްއެސް) ބޭނުން ކޮށްގެން ފުރަތަމަ ހަމަލާ ދީފައެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ޔުކްރެއިނުން ދިން ހަމަލާގައި ރަޝިޔާގެ އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބި، އަސްކަރީން ޒަޚަމްވެފައިވާ ކަމަށެވެ. އަދި މިކަމުގެ ބަދަލު ހިފުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރަޝިޔާގެ ސްޓޭޓް ޑޫމާގެ ސްޕީކަރ ވިޔަޗެސްލަވް ވޮލޮޑިން ވިދާޅުވެފައިވަނީ ހަނގުރާމައިގެ ކަންކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް ބާރު އަޅުއްވާ ކަމަށާއި، މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން ޔޫރަޕުގެ ރައްޔިތުންނަށް ގެއްލުން ލިބިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު