ENGLISH

03 އޮކްޓޯބަރު 2025

Advertisement

ނޭޝަނަލް ސަރފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

02 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ނޭޝަނަލް ސަރފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް

މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ތަރައްޤީކުރަމުންދާ ނޭޝަނަލް ސަރފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.

މިއަދު ހަވީރު އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން އަދާހަމަ މަޢުލޫމާތު ހޯއްދަވައި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ. އެ މަނިކުފާނުގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވަޑައިގެންނެވި އެވެ.

ބައިނަލްއަޤުވާމީ ފެންވަރުގެ މި ސްޓޭޑިއަމް ތަރައްޤީ ކުރަމުންދަނީ، ކުޅިބަލާ ސަރަޙައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަޙައްދު، ކޮމެންޓްރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަރވޭޝަން ކޯނަރ، ޖިމް، ޓެރަސް، މަލްޓިޕަރޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި މަސައްކަތް ފުރިހަމަކުރެވުމުން، ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމަކީ، އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސަރފިންގ ސްޓޭޑިއަމެއް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު