ENGLISH

08 އޭޕްރީލު 2025

Advertisement

އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް އަތުވެއްޖެ

27 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ލުބުނާނަށް އިއްޔެ ހަމަލާދިން ސަރަހައްދު

އިސްރާއީލާއި ލުބްނާންގެ ހިޒްބުﷲއާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ރޭ ފަތިހު 4:00 ފެށިގެމް ނިމުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޢުލާން ކުރައްވައިފިއެވެ.

ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ބައިޑެން ވިދާޅުވީ މި އެއްބަސްވުމަކީ ދާއިމީ ހައްލެއް ހޯދުމަށް އަމާޒުކުރެވިފައިވާ އެއްބަސްވުމެއް ކަމަށެވެ. މީގެ އިތުރުން، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ހަނގުރާމައިގެ ތެރޭގައި ހިފެހެއްޓިފައިވާ މީހުން މިނިވަންކުރުމަށް އެމެރިކާއިން މަސައްކަތްކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ މި އެއްބަސްވުމާ އެކު އިސްރާއީލުގެ ސިފައިން ވަގުތުން ލުބުނާނުން ނުފޭބި ނަމަވެސް، 60 ދުވަހުގެ ތެރޭގައި އެކަން ކުރަންޖެހޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ ކުރިން އިސްރާއީލުގެ ސިފައިން ވަނީ ބެއިރޫތުގެ ދެކުނު ސަރަހައްދަށް ދެ މިނެޓުގެ ތެރޭގައި 20 ފަހަރު ބޮމުގެ ހަމަލާ ދީފައެވެ. މިއީ މި ހަނގުރާމަ ފެށުނު ފަހުން އެންމެ ވަރުގަަދައަށް ހަމަލާ ދިން ދުވަހެވެ.

އެހެންނަމަވެސް، ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 44،200 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު