ENGLISH

30 އޮކްޓޯބަރު 2025

Advertisement

ހަމަހަމަކަމާއެކު ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭތީ ނިޒާމަށް އޮތް އިތުބާރު ދަނީ ގެއްލެމުން: ޚަލީލު

28 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފޮރިން މިނިސްޓަރ ޑރ.އަބްދުﷲ ހަލީލު

ހަމަހަމަކަމާއެކު ބައިނަލްއަގުވާމީ ގާނޫނު ނުހިންގުމުގެ ސަބަބުން ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާކަމަށް ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ. 

ހަލީލު މިފަދައިން ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި ތަގުރީރުގައެވެ. އެ ތަގުރީރުގައި ހަލީލުވަނީ ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނު ހިންގުމުގައި ފެއިލްވެފައިވާ މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތަކާއި އދގެ ގަރާރުތަކާއި ނިންމުންތަކާ އިސްރާއީލުން ހިލާފުވަމުންދާއިރު އެކަމާ ގުޅިގެން ފިޔަވަޅެއް ނޭޅޭ ކަމެވެ. 

އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަދި ހާއްސަކޮށް ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާމެދު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޣާފިލުވަމުންދާކަން ފާހަގކުރައްވައި، އެ ލާއިންސާނީ ޖަރީމާތަކަށް މަގުފަހިކޮށްދެނީ މިހާރު އަމަލުކުރަމުންދާ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމާއި، ބައިނަލްއަގުވާމީ އުސޫލުތައް އުފައްދައި ބައްޓަންކުރި ދައުލަތްތަކުން ފާހަގަކުރިއެވެ. 

"ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ވާގިދެނީ ބައިނަލްއަގުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ގައުމުތަކުން. ގަރުނުގެ އެންމެ ބޮޑު ލަދު، އެއީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާމު ނުފެނި ތިބި ތިބުން،" މިނިސްޓަރ ޑރ.ހަލީލު ވިދާޅުވިއެވެ. 

އަދި ފަލަސްތީނު ރައްޔިތުންނަކީ އިންސާނުންގެ ގޮތުގައި ބަލައިގަނެ، އެ މީހުންނަށް ދިރިތިބުމާއި، ރައްކާތެރިކަން ކަށަވަރުކުރުމުގެ ހަމަހަމަ ހައްގު ލިބިގެންވާކަން ބަލައިގަންނަން އެ ގައުމުތަކުން ދެކޮޅުހަދާ ކަމށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔޭގައި ގާނޫނުތަކުގެ އުސޫލުތައް ނޯންނަނަމަ އެކަމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާނީ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމުގައިވެސް ހަލީލު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ރައްކާތެރިކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ނިޒާމު އަލުން އެކުލަވައިލުމަށްވެސް ހަލީލު ގޮވައިލެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު