ENGLISH
19 އޮކްޓޯބަރު 2025
ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިފުރާ ނިޔާވެއްޖެ
25 ސެޕްޓެމްބަރު 2025
|
ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިފުރާ: މިރޭ ވަނީ ނިޔާވެފައި --
ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) މިރޭ ނިޔާވެއްޖެ އެވެ.
އިފްރާ ނިޔާވީ ސްޓްރޯކެއް ޖެހި އޭޑީކޭގެ އައިސީޔޫ ގައި ފަރުވާ ދެމުން ދަނިކޮށެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅި ހާލު ދެރަވެ ފަހުން އޮތީ ކޯމާއެއްގަ އެވެ.
ނިޔާވީ މިރޭގެ ވަގުތެއްގަ އެވެ. އިފުރާ އަކީ ރާއްޖޭން ފުރަތަމަ ފަހަރަށް ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރި އެކެވެ. ރާއްޖޭން ފުރަތަމަ ފަހަރަށް ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ.
އިފްރާ ވަނީ ވަރަށް ގިނަ ކުލަބުތަކަށް ކުޅެފަ އެވެ. އެއްވަނަ ޑިވިޝަންގެ އެންމެ ފާހަގަކޮށްލެވޭ ނިއުރޭޑިއަންޓާއި ވިކްޓްރީއާ ވެލެންސިއާ ޓީސީ އަށް ވެސް ވަނީ ކުޅެފަ އެވެ.