ENGLISH
08 އޭޕްރީލު 2025
ދުނިޔޭގައި އެންމެ ދުވަސްވީ ފިރިހެންމީހާ 112 އަހަރުގައި މަރުވެއްޖެ
26 ނޮވެމްބަރު 2024
|
ދުނިޔޭގެ އެންމެ މުސްކުޅި ފިރިހެން މީހާ
ދުނިޔޭގައި އެންމެ ދުވަސްވީ ފިރިހެން މީހާ 112 އަހަރުގައި މަރުވެއްޖެކަމަށް އޭނާގެ އާއިލާއިން ކަށަވަރުކޮށްދީފިއެވެ.
ޖޯން އަލްފްރެޑް ޓިނިސްވުޑް މަރުވީ އޭނާ ދިރިއުޅެމުން އައި ސައުތްޕޯޓްގެ ކެއަރ ހޯމްގައި އިއްޔެއެެވެ.
ލިވަރޕޫލް ފުޓްބޯޅަ ކްލަބުގެ އުމުރު ދުވަހުގެ ފޭނެއްގެ ގޮތުގައި ހޭދަކޮށް ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ ކަމަށް ކަނޑައެޅިފައި ވަނީ އުމުރުން 114 އަހަރުގައި، މިއަހަރުގެ އޭޕްރީލް މަހު، ޖުއާން ވިސެންޓެ ޕެރެޒް މޯރާ މަރުވުމާއި ގުޅިގެންނެވެ.
އޭނާގެ އާއިލާއިން ބުނީ ޓިނިސްވުޑްގެ އެންމެ ފަހު ދުވަސް ހޭދަކުރީ "މިއުޒިކާއި އުފާވެރިކަމުގެ މާޙައުލެއްގައި" ކަމަށެވެ.
ޓިނިސްވުޑް އުފަންވީ ޓައިޓޭނިކް ފެތުނު އަހަރު، 26 އޯގަސްޓް 1912 ގައެވެ. އޭނާ ވަނީ 2020 ގައި އިނގިރޭސިވިލާތުގެ އެންމެ ދުވަސްވީ ފިރިހެނާގެ ގޮތުގައި ހޮވިފައެވެ.
އޭނާއަކީ ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނާގެ ގޮތުގައި ގިނިސް ބުކް އޮފް ރެކޯޑްސްއިން ބަލައިގަތީ އޭޕްރީލް 2024 ގައެވެ. ޓިނިސްވުޑް މަރުވިއިރު އޭނާގެ އަނބިމީހާ ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފައެވެ. އޭނާގެ ދަރިފުޅު ސޫސަން އާއި، ކާފަދަރިން ކަމުގައިވާ ކަމުގައިވާ އަނޫޝްކާ، މަރީސާ، ޓޯބީ އަދި ރޫޕަޓް އަދި މުނިކާފަ ދަރިން ކަމުގައިވާ ޓަބިތާ، ކަލަމް އަދި ނީވް ދުނިޔޭގައި އެބަތިއްބެވެ.
ޓިނިސްވުޑް އޭނާގެ އަނބިމީހާއާ އެކު
އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާއަކީ "ވަރަށް ގިނަ ރަނގަޅު ސިފަތަކެއް ލިބިފައިވާ އޯގާތެރި" މީހެއް ކަމަށެވެ.
އޭނާއަކީ ވިސްނުންތެރި، ނިންމުންތައް އަވަހަށް ނިންމާ، ހިތްވަރުގަދަ، ކޮންމެ ހާލަތެއްގައި ވެސް ހަމަޖެހިގެން ހުންނަ، ހިސާބު ކުރުމުގައި ހުނަރުވެރި އަދި ވަރަށް ރަނގަޅަށް ވާހަކަ ދައްކާ މީހެކެވެ.
އޭނާގެ އާއިލާއިން އިތުރަށް ބުނެފައިވަނީ، މި ސިފަތަކުގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައިގައި ރޯޔަލް އާމީ ޕޭސް ކޯޕްސްގައި އޭނާ ކުރި ޚިދުމަތުގައި ވަރަށް ބޮޑަށް އެހީތެރިވެފައިވާ ކަމަށެވެ.
އޭނާގެ އަނބިމީހާ ބްލޮޑްވެންއާ ބައްދަލުވީ ލިވަރޕޫލްގައި ބޭއްވުނު ޑާންސް އިވެންޓެއްގައެވެ. އަދި އެ ދެމަފިރިން ކައިވެނިކުރީ 1942 ގައެވެ. ސޫސަން އުފަންވީ 1943 ގައެވެ. އަދި އެ ދެމަފިރިން 44 އަހަރު އެކުގައި ހޭދަކުރުމަށްފަހު މިސިސް ޓިނިސްވުޑް މަރުވީ 1986 ގައެވެ.