ENGLISH

08 އޭޕްރީލު 2025

Advertisement

އެމެރިކާގެ އިންތިޚާބީ ރައީސް ޓްރަމްޕްގެ މައްޗަށްކޮށްފައިވާ ދެ ދައުވާ އަނބުރާ ގެންގޮއްސި

26 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

އެމެރިކާގެ އާ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއް އަނބުރާ ގެންދިއުމުގެ ހުއްދަ ދީފިއެވެ. 

އޭނާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ އިންތިޚާބަށް ނުފޫޒުފޯރުވިކަމުގެ މައްސަލަ އާއި ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ގަވާއިދާ ޚިލާފަށް ބެލެހެއްޓި ކަމަށް ބުނާ މައްސަލައެކެވެ. 

ދެހާސް ވިހި ވަނަ އަހަރުގެ އިންތިޚާބަށް ނުފޫޒުފޯރުވި ކަމަށް ތުހުމަތުކޮށް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް ފަނޑިޔާރު ތާނިޔާ ޗުޓްކަން ހުއްދަ ދެއްވާފައިވަނީ ގާނޫނީ ވަކި ސަބަބަކަށް ބިނާނުކޮށް، ގައުމުގެ ރައީސުންނަށް ދައުވާ ނުކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ގެންގުޅޭ އުސޫލަށް ރިއާޔަތް ކުރައްވައެވެ.

މީގެ އިތުރުން ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ގޯސްކޮށް ބެލެހެއްޓި ކަމަށް ބުނާ މައްސަލަ ވެސް އަނބުރާ ގެންދިއުމުގެ ހުއްދަ ދީފައިވަނީ، އިންތިޚާބީ ރައީސެއްގެ މައްޗަށް ދައުވާ ކުރުމާ ދެކޮޅަށް ގެންގުޅޭ ސިޔާސަތަށް ބަލައިފަ އެވެ. 

ޓްރަމްޕުގެ ރައީސްކަމުގެ މަގާމުގެ ދެވަނަ ދައުރުގެ ހުވާކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު