ENGLISH

19 އޮކްޓޯބަރު 2025

Advertisement

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: އިންޑިއާ ބަލިކޮށް، ރާއްޖެ ސެމީ އަށް

20 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ މެޗެއްގައި ސްކޯކޮށްދިނުމަށްފަހު ރާއްޖޭގެ ކުޅުންތެރިއަކު އުފާ ފާޅުކުރަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި އިންޑިއާ ބަލިކޮށް، ދިވެހިރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ތިންވަނަ މޮޅެވެ. ރާއްޖޭން ވަނީ ސްރީ ލަންކާ އާއި ދެކުނު އެފްރިކާ އަދި އިންޑިއާ ބަލިކޮށްފައެވެ. ރާއްޖޭގެ ޓީމު ބަލިވީ ޕާކިސްތާނާއި ބަންގްލަދޭޝް އަތުން އެކަންޏެވެ. މި ދެ މެޗުގައިވެސް ރާއްޖޭން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

ކުޅުދުއްފުށީ ސިޓީ ބީޗް ހޭންޑްބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅުނު ލީގު ބުރުގެ ފަހު މެޗުން ރާއްޖެ މޮޅުވީ 2-0 އިންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުން ފުރަތަމަ ސެޓުން 22-20 އިން ރާއްޖެ ކުރިހޯދިއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 20-19 އިންނެވެ.

މި މަހުގެ 18 އިން 22 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ހަ ޤައުމަކުން ވާދަކުރެއެވެ. އެއީ، ރާއްޖެ އާއި ދެކުނު އެފްރިކާގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން އަދި އިންޑިއާ އެވެ.

މުބާރާތުގެ ލީގު ބުރުގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން، ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނީ؛ ޕާކިސްތާން، ބަންގްލަދޭޝް، ރާއްޖެ އާއި ސްރީ ލަންކާ އެވެ. ލީގުގެ އެންމެ ފުލުގައި ނިންމާލި ދެކުނު އެފްރިކާ އާއި އިންޑިއާ އަށް ދެން އޮތީ ރޭންކިންގ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު