ENGLISH

08 އޭޕްރީލު 2025

Advertisement

ޓްރަމްޕް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިޑެން ބައިވެރިވެ ވަޑައިގަންނަވާނެ

26 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނާލްޑް ޓްރަމްޕް

އެމެރިކާގެ އިންތިޙާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި އެ ޤައުމުގެ ރައީސް ޖޯ ބައިޑެން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

އެކަމަކު 2021 ވަނަ އަހަރު ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، އޭރުގެ ރައީސް ޓްރަމްޕް ވަޑައިނުގަންނަވައެވެ. ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވީ އިންތިޙާބުގައި މަކަރު ހަދާފައިވުމެވެ. ޓްރަމްޕްގެ މި ތުހުމަތުތަކާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

"ކޮންމެ ބޭފުޅަކު އިންތިހާބު ކާމިޔާބުކުރެއްވި ކަމުގައި ވިޔަސް، ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ބައިޑެން އޮތީ ވައުދުވެވަޑައިގެންފައި،" އެއާފޯސް ވަންގައި ބައިޑަންއާ އެކު ދަތުރު ކުރައްވަމުން ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އެންޑްރޫ ބޭޓްސް ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އެ ވައުދާ އެއްގޮތަށް، ރައީސްގެ ދެކަނބަލުން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ."

ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ކުރިއަށްދާނީ ޑިމޮކްރަޓިކް ހަމަތައް ހިފަހައްޓައި، ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށްގެން ކަމަށް ރައީސް ގަބޫލުކުރައްވާ ކަމަށް ވެސް ބޭޓްސް ވިދާޅުވި އެވެ.

އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ބައިޑަން ގެންދެވީ ޓްރަމްޕްއަކީ ޑިމޮކްރެސީއަށް ހުރި ނުރައްކަލެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

ޖޯ ބައިޑެން ދެވަނަ ފަހަރަށް ރައީސްކަމަށް ކުރިމަތި ލެއްވި ނަމަވެސް ރިޔާސީ ބަހުސްގައި ޓްރަމްޕާއެކު ކުރިމަތިވި ބޮޑު ނާކާމިޔާބީއާއެކު ދުނިޔޭގެ ލަދަށްޓަކައި އޭނާ ވަނީ އިންތިޚާބީ ރޭހުން ވަކިވެވަޑައިގެން ނައިބް ރައީސް ކަމަލާ ހަރިސް އަށް ފުރުސަތު ދެއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު