ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

އެފްއޭއެމުން މި ސީޒަނުން ފެށިގެން އެވޯޑް ދޭން ފަށަނީ

15 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

އެފްއޭއެމްގެ އެކްސްކޯގެ މެންބަރުން. ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި ފަހަރުގެ ސީޒަނުން ފެށިގެން އެވޯޑް ދޭން ފަށާނެކަން އިޢުލާންކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް، އަހުމަދު ޠާރިޤު (ޓޮމް) ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ، މިރޭ ކުޅެވޭ ޗެރިޓީ ޝީލްޑް މެޗާއެކު މި ފަހަރުގެ ސީޒަން ފެށިގެންދާއިރު، މި އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން އެފްއޭއެމް އެވޯޑްސް ދޭން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

"ކުޅިވަރުގެ ރޫޚު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި އަދި ފުޓްބޯޅައިގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤުޞަދުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން މިއަދު ފަށާ ފުޓްބޯޅަ ސީޒަންގައި އެފްއޭއެމް އެވޯޑްސް ދިނުމަށް އިޢުލާންކުރަމެވެ." ޠާރިޤުގެ ޕޯސްޓުގައިވެއެވެ.

އެގޮތުން، މިއަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން އެފްއޭއެމުން ވަނީ، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ (1 ވަނަ، ދެވަނަ އަދި ތިންވަނަ) ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ފުޓްބޯޅަ ކޯޗު، އެންމެ މޮޅު ފުޓްބޯޅަ ކުލަބު އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ފުޓްބޯޅަ ރެފްރީ ހިމެނޭ ގޮތަށް ފުޓްބޯޅައާ ގުޅުންހުރި ގިނަ އެވޯޑްތަކެއް ދޭނެކަން އިޢުލާންކޮށްފައެވެ.

މީގެއިތުރުން، އެފްއޭއެމުން ދޭން ނިންމާފައިވާ އެވޯޑްތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަޤާމު ހޮވާ، އެވޯޑް ދޭން ނިންމާފައިވެއެވެ.

ޠާރިޤު ވިދާޅުވީ، މިއަދު ފަށާ ފުޓްބޯޅަ ސީޒަންގައި ވާދަކުރާ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުލަބުތަކާއި، މެޗުތަކުގައި އިންސާފުކުރާ ރެފްރީންނަށް ކާމިޔާބު އަދި ވާދަވެރި މުބާރާތްތަކަކަށް އެދޭ ކަމަށެވެ.

އެފްއޭއެމުން އެވޯޑް ދޭން ނިންމާފައިވާ ކެޓަގަރީތައް:

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3)

އެންމެ މޮޅު ފުޓްބޯޅަ ކޯޗް3- އެންމެ މޮޅު ފުޓްބޯޅަ ކުލަބު

21 އަހަރުންދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

ރާއްޖޭއިން ބޭރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)

ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)

އެންމެ މޮޅު ފުޓްބޯޅަ ރެފްރީ

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ

އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ

އެންމެ މޮޅު ގޯލް

ކިޔުންތެރިންގެ ހިޔާލު