ENGLISH
05 އޭޕްރީލު 2025
ހިކިކެއްސުމުން ލުއި ހޯދަން ގޭގައި ހޯދިދާނެ ފަރުވާ
26 ނޮވެމްބަރު 2024
|
ހިކިކެއްސުން
އެންމެ މަޤްބޫލު
ނޮން ޕްރޮޑަކްޓިވް ކެއްސުމުގެ ނަމުން ނަންދެވިފައިވާ ހިކި ކެއްސުމަކީ އުނދަގޫ އަދި ނުތަނަވަސް ހާލަތެކެވެ.
ފުއްޕާމޭ ގެނެސްދޭ އުފެއްދުންތެރި ކެއްސުމުގައި އެކުލެވޭ ދަވައާއި ހިލާފަށް ހިކި ކެއްސުމުން އެއްވެސް މިޔުކަސްއެއް ނުވަތަ ދަވައެއް ނުއުފެދޭތީ، ކަރުތެރެ އާއި ނޭވާލާ ނިޒާމުގައި ރިއްސުން ކުޑަކުރަން ދަތިވެއެވެ. ދިގުދެމިގެންދާ ނުވަތަ ގަދައަށް ކެއްސުމަށް ޑޮކްޓަރުގެ ލަފާ ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް، ލުޔެއް ލިބި، ޝިފާ ހޯދުމަށް އެހީތެރިވެދޭ ރައްކާތެރި އަދި ފައިދާ ހުރި، ގޭގައި ކުރެވިދާނެ ބައެއް ފަރުވާތައް އެބަހުއްޓެވެ.
މާމުޔާއި ލުނބޯ
މާމުއި އަދި ލުނބޯ
ލުނބޯގައި ހިމެނޭ ވިޓަމިން ސީ އާއި އެކު މާމުއިން ގެނެސްދޭ ކެއްސުން ލުއިކޮށްދޭ ސިފަތަކުގެ ސަބަބުން މި ފަރުވާއަކީ ހިކި ކެއްސުމަށް ލުއި ހޯދުމަށް މަގުބޫލު ފަރުވާއެކެވެ. އެއް މޭޒުމަތީ ސަމުސާ މާމުއި ލުނބޯ ޖޫހާއި އެއްކޮށް ނިދުމުގެ ކުރިން ބޭނުން ކުރާށެވެ. ކަރުތެރެ ފިނިކޮށްދީ، ރިއްސުން ކުޑަކޮށްދީ، ކެއްސުން ލުއިކޮށްދޭ ވަގުތީ ފަށަލައެއް މީގެން ފޯރުކޮށްދެއެވެ.
ހޫނު ފެނުން ކަރު ދޮވެލުން
ތާފަނާ ފެނުން ކަރު ދޮވެލުން
ހޫނު ލޮނު ފެނުން ގާގްލް ކުރުން ނުވަތަ ކަރުތެރެ ދޮވެލުމަކީ ކަރުތެރޭގައި ރިއްސުމާއި ހިކި ކެއްސުމަށް ޒަމާނުއްސުރެ ބޭނުންކުރެވިފައިވާ ފަރުވާއެކެވެ. ހޫނު ފެން ތައްޓަކަށް ބައި ސައިސަމުސާ ލޮނު ގިރާލުމަށް ފަހު 15-30 ސިކުންތު ވަންދެން އެ ފެންފޮދު ކަރާއި އަނގަ ތެރޭ "ގާގަލް" ކޮށްލުމަށް ފަހު އުކާލާށެވެ. މި ކަމުގެ ސަބަބުން ކަރު ދުޅަވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. އަދި ދިގު ދެމިގެންދާ ކެއްސުމުން ލުއި ލިބޭނެއެވެ.
ސްޓީމް ކުރުން
ސްޓީމްކުރުން
ސްޓީމްކުރުމަކީ، ހިކި ކެއްސުން ލުއިކޮށްދޭ ކަމެކެވެ. ފެން ކައްކާލުމަށްފަހު ހޫނު އާވިލިބޭ ގޮތަށް ބޮލުގައި ތުވާލި އަޅައިގެން ޓެންޓެއް ފަދަ ގޮތަކަށް ބޭނުން ކުރާށެވެ. މޫނަށް މާހޫނު ނުވާނެހެން ރައްކާތެރި ދުރުމިނެއްގައި ބަހައްޓައިގެން ތަށީގެ މައްޗަށް ލެނގިލުމަށްފަހު 5-10 މިނެޓް ވަންދެން ފުންކޮށް ނޭވާލާށެވެ. ފެނަށް ޔޫކަލިޕްޓަސް ނުވަތަ ޕެޕަރމިންޓް ތެޔޮ ދެތިން ތިކި އެޅުމަކީ" ޑިކޮންޖެސްޓެންޓް އެފެކްޓް "އިތުރުކޮށްދީ ނޭވާލާން ފަސޭހަ ކޮށްދޭ ކަމެކެވެ.
އިނގުރު ސައި
އިނގުރު ސައި
އިނގުރުގައި ގުދުރަތީ "އެންޓި-އިންފްލެމެޓަރީ" އަދި "އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް" އެކުލެވިގެންވާއިރު، މިއީ ހިކި ކެއްސުން ލުއިކޮށްދޭ އެއްޗެކެވެ. އިނގުރު ސައި ތައްޔާރުކުރާނީ ތާޒާ އިނގުރު ކޮށާފައި ހޫނު ފެނުގައި 5-10 މިނެޓް ވަންދެން ބަހައްޓައިގެނެވެ. އިތުރު ލުއިފަސޭހަ ފައިދާތަކެއް ހޯދުމަށް ސައިސަމުސާއެއްހާ މާމުއި އެޅިދާނެ އެވެ. ކަރުތެރެ ރިއްސުން ލުއިކޮށްދީ ލުއި ހޯދުމަށް މަޑުމަޑުން ސައިތަށި ތާފަނާ ކަންމަތީ ބޯލާށެވެ.
ވައި ގެ ތެތްކަން ރަނގަޅުކުރުން
ހިއުމިޑިފައަރ
ހިކި ވައިގެ ސަބަބުން ކެއްސުން ގޯސްވެ، ކަރުތެރެ ރިއްސާ ގޮތް ވެއެވެ. ހިއުމިޑިފައަރ ބޭނުން ކުރުމަކީ ނުވަތަ ހޫނު ލިބޭ ތަނެއްގެ ކައިރީގައި ފެން ތައްޓެއް ބެހެއްޓުމަކީ ވައިގެ ތެރެއަށް ތެތްކަން އިތުރު ކުރުމަށް އެހީތެރި ވެދޭނެ ކަމެކެވެ. މިގޮތަށް ކަންކުރުމަކީ ކެއްސުން ލުއި ކޮށްދީ ހަށިގަނޑަށް އަރާމުކަން އިހުސާސް ކުރެވޭނެ ކަމެކެވެ.
އެލާރޖީ ވާފަދަ " އިރިޓަންޓްސް" އިން ދުރުހެލިވުން
އެލާޖީ ވާފަދަ ކަންކަމުން ދުރުހެލިވުން
ހިކި ކެއްސުމުގެ ތެރޭގައި ދުން، ގަދަ ވަސް، އަދި ހިރަފުސް ފަދަ މާއްދާތަކުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ކަރުތެރޭގައި ރިއްސުން އިތުރަށް ގޯސްވާ ކަމެކެވެ. މީގެ އިތުރުން ގިނައިން ފެން ބުއިމުން ހައިޑްރޭޓް ވެފައި ހުރުމަކީ ކަރުތެރެ ތެތްކޮށް ބެހެއްޓުމާއި ކެއްސުން ކުޑަކުރުމަށް އެހީތެރި ވެދޭ ކަމެކެވެ.
ހިކި ކެއްސުމަކީ މާޔޫސްވާ އަދި އުނދަގޫ ކަމެއް ކަމުގައި ވިޔަސް، ގޭގައި ބޭނުންކުރާ ފަރުވާތަކުން އެ އުނދަގޫ ކުޑަކުރުމަށް ގުދުރަތީ އަދި ފައިދާ ހުރި އެހީއެއް ލިބެ އެވެ. މި ފަރުވާތަކަކީ ވަގުތީ ލުޔެއް ދިނުމަށް ޚާއްޞަ ފަރުވާތަކެކެވެ. ކެއްސުން ދިގުދެމިގެން ދާނަމަ ނުވަތަ ގޯސްވެއްޖެނަމަ ޕްރޮފެޝަނަލް މެޑިކަލް ލަފާ ހޯދަން ވާނެއެވެ. ކެއްސުމާއެކު ހުމުގެ އަސަރު، ނޭވާލާން އުނދަގޫވުން، ނުވަތަ މޭގައި ރިހުން ފަދަ އެހެން އަލާމާތްތައް ފެންނަ ނަމަ އަވަހަށް ސިއްހީ ދާއިރާގެ ފަންނީ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. މި ގޭތެރޭގެ ފަރުވާތަކާއި ރަނގަޅަށް އަރާމު ކުރުމާއި ދުޅަހެޔޮ ކާނާ އެއްކޮށްލުމުން އަވަހަށް ރަނގަޅުވެ ޖުމްލަ ގޮތެއްގައި ރަނގަޅު ސިއްޙަތެއް ދެމެހެއްޓޭނެ އެވެ. މިއިން ކޮންމެ ފަރުވާއަކުން އެކި މީހުންނަށް ލިބޭ ލުއި ތަފާތެވެ. އަދި މިއީ ހިކި ކެއްސުމަށް ދޭ ފަރުވާއެއް ނޫނެވެ. ހަމައެކަނި ކެއްސުމަށް ނުވަތަ ހާލަތަށް ލުޔެއް ހޯދަން ކުރެވިދާނެކަން ކަމެވެ.