ENGLISH
03 ސެޕްޓެމްބަރު 2025
ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ނިންމައިފި
02 ސެޕްޓެމްބަރު 2025
|
މިއަދު އޮތް ބައްދަލްވުން --
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
މި ނިންމުން ނިންމީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު, ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ.
އެ ވުޒާރާ އިން ބުނީ މި ބައްދަލުކުރެއްވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ވަނީ ނިންމާފައި ކަމަށެވެ. އަދި އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މިއީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ކުރެވޭ މުހިންމު ކަމެއް ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން މުޅިން ހަލާކުވެ ސުންނާފަތިވެފައިވާ ފަލަސްތީނުގެ ޤައުމީ ޓީމުތަކުން ތަމްރީނުތައް ބާއްވަނީ އެކި ޤައުމުތަކުގަ އެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނި ގޮތުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ދިނުމަށް ފަލަސްތީނުގެ ފުޓްބޯޅަ އިދާރާ އިން ވަނީ އެދިފަ އެވެ.
އެކަމަށް އެދުމުން އެފްއޭއެމުން ވަނީ އެކަމުގައި ސަރުކާރުގެ އެހީތެރިކަން ހޯދަން ނިންމާފަ އެވެ.
ރާއްޖެއަކީ ފަލަސްތީނުގެ ޙައްޤުގައި އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ޤައުމެވެ. އިޒްރޭލުގެ ޢަމަލުތައް އެންމެ ހަރުކޮށް ކުށްވެރި ކުރަނީވެސް ރާއްޖެ އިންނެވެ.