ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އާއްމުކޮށްފި

01 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އާއްމުކޮށްފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޞަން (ވީއެމްސީ) ގެ އައު ލޯގޯ ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.

މިއީ 14 ޖުލައި 2025 ގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓަޑަށް ބަދަލުކުރުމާއިއެކު ގެނެވުނު ބަދަލެކެވެ.

ދިވެހިރާއްޖޭގެ އުޑާއި، ކަނޑު އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ މި ލޯގޯ ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ދޫނިސޫފާސޫފި، މަސްމަހާމެހި، އަދި ގަސްގަހާގެހި ސިފަވާނެފަދަ ގޮތަކަށް ކުންފުނީގެ ނަން އިނގެރޭސި އަކުރުން ފާޅުކަން ބޮޑު ގޮތަކަށް ސިފަވާހެނެވެ. އާއްމުކޮށް ބޭނުންކުރާނެ ރަސްމީ ލޯގޯގެ އިތުރުން، އެކި ހާލަތްތަކުގައި ބޭނުންކުރުމަށް ލޯގޯގެ މޮނޮކްރޮމެޓިކް، އަދި ވެކްޓަރ ފަރުމާތަށް ވެސް މި ބްރޭންޑިގްގެ ތެރޭގައި ހިމެނެ އެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ލޯގޯ ބޭނުން ކުރަމުންދާނީ، ދިވެހިރާއްޖެ ޕްރޮމޯޓުކުރުމަށް މި ކުންފުނިން ގެންގުޅޭ "މޯލްޑިވްސް" އަދި "މޯލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ބްރޭންޑިންގް ތަކާއިއެކު އެވެ. މިދިޔަ ޖުލައި މަހު، މި ބްރޭންޑިންގްތައް އިތުރަށް ފުރިހަމަ ކުރުމަށް ވިސްނުންތެރިކަމާއެކު ކުދި އިސްލާޙުތަކެއް ގެނެސްފައިވާ ކަމަށާ އޭގެ ތެރޭގައި ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ، ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނޭ ކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް، މި އިޞްލާޙުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވެގެން ދިޔަ ކަމަށް ވެސް ބުންޏެވެ.

އިއްޔެ އިން ފެށިގެން ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށް ހުރިހާ މަންޞަތަކެއް އަދި ވަސީލަތްތަކެއްގައިވެސް ބޭނުން ކުރަމުން ދަނީ އަލަށް ފަރުމާކޮށްފައިވާ ލޯގޯ އަދި ބްރޭންޑިންގ އުންޞުރުތަކެވެ. މި އިޞްލާޙުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓުމާއެކު، ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަޞްލު ދެމެހެއްޓުން ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު