ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ރައީސްގެ ދަތުރުފުޅާ އެކު ރާއްޖެ އާއި ޗައިނާގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވާނެ: މިނިސްޓަރ ސަޢީދު

01 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ދިވެހިރާއްޖެއާއި ޗައިނާގެ އިޤުތިޞާދީ ގުޅުމަކީ ޒަމާނުއްސުރެ ހީނަރުކަމެއް ނައިސް އިތުރަށް ބަދަހިވަމުންދާ ގުޅުމެއް ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުވުމަކީ، ބަދަލުވަމުންދާ އިޤުތިޞާދީ މަސްރަހުގެ ތެރޭގައި، ރާއްޖެއާއި ޗައިނާއިން ދެމެހެއްޓެނިވި ތަރައްޤީއާއި، އެކުގައި ކުރިއަރައިގެން ދިއުމުގެ ފުރުޞަތުތައް ފަހިކުރުމަށް ކުރައްވާ މަސައްކަތުގެ ޔަޤީންކަން އާކޮށްދޭ ކަމެއް ކަމަށެވެ.

ވަޒީރު މި ޕޯސްޓުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.

މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން، އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެފައިވާ ވަޢުދު ތަކުރާރުކުރައްވައި، ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި "ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕްގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށްވެސް ދެ ޤައުމުގެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު