ENGLISH
03 ސެޕްޓެމްބަރު 2025
ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރުގަދަވެ، ދިވެހިންނަށް ދަނީ ފައިދާކުރަމުން: ސަފީރު
29 އޯގަސްޓު 2025
|
ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރުގަދަވެ، އެކަމުގެ ސަބަބުން ދިވެހިންނަށް ދަނީ ފައިދާކުރަމުންކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ސަފީރު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން ވަރުގަދަ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އިންވެސްޓަރުންނަށް ފައިދާތަކެއް ކުރަމުންދާ ކަމަށެވެ. ޚާއްސަަކޮށް މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ދިވެހި އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރަން ފެށުމުން މާކެޓުގައި އެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޗައިނާގެ މާކެޓުން ވަރަށް ބޮޑު ފައިދާއެއް ދިވެހިންނަށްކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހު ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން ދިވެހިންނަށް ފައިދާތަކެއް ވެއްޖެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ކުރިން ރާއްޖެއިން ޗައިނާއަށް މަހުގެ ބައެއް ބާވަތްތައް އެކްސްޕޯޓް ނުކުރާކަން ސަފީރު ފާހަގަ ކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، ދިވެހި އުފެއްދުންތައް ޗައިނާގައި އިސްތިހާރުކުރުމަށް އިޤުތިޞާދީ ވުޒާރާއާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގެ އަސަރު ކުރިއަށް އޮތް އެކެއް ނުވަަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެ އާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކޮށްފައިވަނީ 1972 ވަނަ އަހަރެވެ.