ENGLISH

20 ޖޫން 2026

Advertisement

މާކުރަތުގައި ސަރުކާރުން ގާއިމުކުރި ފުޓްސަލް ދަނޑު ހުޅުވައިފި

20 ޖޫން 2026

|

އިސްމާއިލް ޝާހު

މާކުރަތު ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މާކުރަތުގައި ސަރުކާރުން ގާއިމުކުރި ފުޓްސަލް ދަނޑު ހުޅުވައިފި

ރ. މާކުރަތުގައި ސަރުކާރުން ގާއިމުކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. މި ދަނޑު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން މާކުރަތުގައި ތަރައްގީކުރި ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅެވެ. 

މާކުރަތު ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މި ފުޓްސަލް ދަނޑަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާކުރަތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް އަދި މާކުރަތު ރައްޔިތުން އެދިވަޑައިގެންނެވިގޮތަށް ސަރުކާރުން ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފުޓްސަލް ދަނޑު ތަރައްގީކޮށްދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު