ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރާއްޖޭގެ އެކްސްޕޯޓަށް ބޮޑު ކުރިއެރުމެއް، ޖުލައި މަހު 222 އިންސައްތަ އިތުރު

29 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ނިސްބަތް މިދިޔަ ޖުލައި މަހު ބޮޑުތަނުން އިތުރުވެއްޖެއެވެ. 

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖުލައި މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އިންސައްތަ 222 އިންސައްތަ ވަނީ އިތުރުވެފައެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭން އެކްސްޕޯޓްކުރީ 65 މިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ އެ މުއްދަތުގައި 210 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. އަދި، މިއަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ އެކްސްޕޯޓަށް ބަލާއިރު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހު ރާއްޖޭން އެކްސްޕޯޓްކުރީ 945 މިލިއަން ރުފިޔާގެ މުދަލެވެ. 

ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ މަސްވެރިކަމުގެ ބާވަތްތަކުގައެވެ. އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގަނޑުކުރި އަދި ފިނިކުރި ކަނޑުމަހާއި މަހުން އުފައްދާފައިވާ ތަފާތު ބާވަތްތަކެވެ.

ޖުލައި މަހު ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓްކުރީ ތައިލެންޑަށެވެ. ޖުމްލަ އެކްސްޕޯޓުގެ 53 އިންސައްތަ ހިއްސާވަނީ އެގައުމުންނެވެ. އެކްސްޕޯޓް ލިސްޓުގެ ތަރުތީބުގައި ދެން ހިމެނެނީ އިނގިރޭސިވިލާތާއި، މޮރިޝަސްގެ އިތުރުން ފްރާންސް އަދި ވިއެތުނާމެވެ. 

އެކްސްޕޯޓުގެ ޖުމްލަ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާބަލާއިރު 52 އިންސައްތަ ވަނީ އިތުރުވެފައެވެ. 

ތަފާސްހިސާބަށް ބަލާއިރު، ރާއްޖެއަށް ޖުލައި މަހު އިމްޕޯޓްކޮށްފައިވަނީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެ އެތެރެކުރާ ތެލުގެ އަދަދުތައް ނުހިމަނައި އިމްޕޯޓްކުރީ 3.6 ބިލިއަން ރުފިޔާގެ މުދަލެވެ. 

ކަސްޓަމްސްގެ ތަފާސްހިސާބުތަކުގައި ބުނެފައިވާގޮތުން ޖުލައި މަހު ރާއްޖެއަށް ވަނީ 295 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. 

އިމްޕޯޓަށް ބަލާއިރު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައިގައި އިންޑިއާ އުޅޭއިރު، ލިސްޓުގައި ދެން އޮތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އޮމާން އަދި ސިންގަޕޫރެވެ. 

މިދިޔަ އަހަރާ އަޅާބަލާއިރު، މުދާ ހިފައިގެން ރާއްޖެ އެތެރި ބޯޓުތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ޖުލައި މަހުގެ ނިޔަލަށް 97 ބޯޓު ރާއްޖޭގައި ބަނދަރުކުރިއިރު، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 105 ބޯޓު ވަނީ ބަނދަރުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު