ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރާއްޖެއަށް މޫސުން ގޯސްވެއްޖެ، އުތުރަށް ހުދު ސަމާލު

29 އޯގަސްޓު 2025

|

ޢަލީ ޝަހީމް

މީގެކުރިން އުތުރުގެ ރަށަކަށް މޫސުން ގޯސްވެފަ. ފޮޓޯ: އޭދަފުށި ވޮއިސް

ރާއްޖެއަށް މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހެނދުނު އާއްމުކުރި މަޢުލޫމާތުގައި ބުނީ އުތުރުގެ ހުރިހާ އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ، ފަތިހު ހަތަކުން އިން މެންދުރު ފަހު އެކަކާ ހަމައަށެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރޭ މެންދަމު ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ ސަރަޙައްދުގެ މޫސުން ވެސް ރަނގަޅު ނޫންކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. 

މޫސުން ރަނގަޅު ދުވަސްތަކަކަށް ފަހު ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯހެވެ. ހާއްސަކޮށް ކަނޑުތައް ގަދަކަން ފާހަގަކުރެވެއެވެ. 

ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރު، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް، މޫސުމާ ގުޅުންހުރި އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު