ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ގުޅިފަޅުން ގޯތި ދޫކުރުން: މިހާތަނަށް 1260 މީހަކަށް ގޯތީގެ ރަޖިސްޓަރީ ދޫކޮށްފި

28 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ގޯތީގެ ރަޖިސްޓްރީ ދޫކުރުން

ގެދޮރުވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކޮށްފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން މިރޭ ބުނެފި އެެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތައް ގެނެސް ގުރު ނެގުމުން ގޯތި ލިބުނު ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. އެ ޕްލޮޓްތައް ކަނޑައެޅުމުގެ ގުރުނެގުން ކުރިއަށް ގެންދިޔައީ މެއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައެވެ. 

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރަޖިސްޓަރީ ދޫކުރަން ފަށާފަ އެެވެ. އެ ވުޒާރާ އިން ބުނީ މިހާތަނަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކޮށްފައިވާ ކަމަށެވެ.

ރަޖިސްޓްރީއާ ހަވާލުވުމަށް އެދި ގޯތީގެ ވެރިފަރާތުން އެޕޮއިންޓްމަންޓަށް އެދެން ޖެހެނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުން ރަޖިސްޓްރީ ހަވާލުކުރުމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ. 

އެއްވެސް ސަބަބަކާއި ހުރެ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވެވިއްޖެ ނަމަ، އަލުން އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ލިބޭނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ. 

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުރިން ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހުޅުވާލުމުން ގޯތި ލިބުނު ބައެއް މީހުން އެ އެއްބަސްވުންތަކުގައި ސޮއިކުރަން ދެކޮޅު ހެދި އެވެ. އެހެންނަމަވެސް، މިއަދު ދޫކުރަން ފެށި ރަޖިސްޓްރީތަކާއެކު ގިނަ ބަޔަކު އަންނަނީ ގޯތިތަކާ ހަވާލުވަމުންނެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން، ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާއަށް ގޮސް އެކަމަށް ހައްލެއް ހޯދަން  ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާރު ވަނީ ނިންމައިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު