ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އެއްވެސް ނޫސްވެރިޔެއް ހައްޔަރެއް ނުކުރޭ: ފުލުހުން

28 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ނޫސްވެރިންތަކެއް މުލިއާގޭ ބޭރުގައި އިއްޔެ އިހުތިޖާޖް ކުރަނީ. --ފޮޓޯ:މިހާރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް އިހުތިޖާޖު ކުރި އެއްވެސް ނޫސްވެރިއެއް ހައްޔަރު ނުކުރާކަމަށް ފުލހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި ގްރީން ޒޯނުގައި އިހުތިޖާޖު ކުރުން މަނާވުމުން ނޫސްވެރިން އެތަނުން ދިޔުމަށް އިލްތިމާސް ކުރިނަމަވެސް އެއްވެސް ނޫސްވެރިއެއް ހައްޔަރެއް ނުކުރެއެވެ.

މީގެއިތުރުން ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވެސް މި ފަދައިން ވިދާޅުވެފައިވެއެވެ.

އަމިއްލަ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ފަށައިފަ އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް މިދިޔަ އަހަރުވެސް ހަންނާން ބިލެއް ހުށަހެޅުއްވި އެވެ. އެ ބިލަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭނާ އެ އިސްލާހުތައް އަނބުރާ ގެންދެވީ އެވެ. 

ކިޔުންތެރިންގެ ހިޔާލު